ރާއްޖޭގެ މިސްކިތްތަކުގައި ޤުނޫތު ނާޒިލާ ކިޔަން ފަށަނީ

4 months ago

އަފްރާހް

ފަލަސްތީނުގެ ހިތްދަތި ހާލަތާގުޅިގެން ރާއްޖޭގައި މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ޤުނޫތު ނާޒިލާ ކިޔަން ފަށަން ނިންމައިފިއެވެ.


އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު މިކަން ހާމަކުރައްވާފައިވަނީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވިދާޅުވީ ފަލަސްތީނުގެ ހިތްދަތި ހާލަތާގުޅިގެން މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ޤުނޫނު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގާނެ ކަމަށެވެ.


މީގެއިތުރުން މުސްލިމުންނަކީ އެއް ހަށިގަނޑެއް ކަމަށާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިޚުލާޞްތެރިކަމާއެކު ދުޢާކުރަންވީ ވަގުތުކަން ވެސް އެމަނިކުފާނު ވަނީ ހަނދާންކޮށްދެއްވާފައެވެ.


ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރުދެއްވުން އެދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔުން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން މީގެކުރިން ވެސް އެކިފަހަރުމަތީން ވަނީ ކުރިއަށް ގެންދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު