ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންނަށް ތަމްރީނު ބައްދަލުވުމެއް މިރޭ

4 months ago

އަފްރާހް

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންނަށް ތަމްރީނު ބައްދަލުވުމެއް ބާއްވަން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.


އެ ކޯޕަރޭޝަނުން ވިދާޅުވީ މި ބައްދަލުވުން އޮންނާނީ މިހިނގާ މޭ މަހުގެ 29 ވަނަ ދުވަހުގެ ރޭ (މިރޭ) ކަމަށެވެ. ދަރުބާރުގޭ ފާށަނާ މާލަމުހައި ބާއްވާ މި ބައްދަލުވުން ފަށާނީ މިރޭ 8:30 ގައި ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން މި ބައްދަލުވުމުގައި ހައްޖުވެރިޔާއާއެކު އެހީތެރިއަކަށް ވެސް ބައިވެރިވެވޭނެ ކަަމަށް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.


ރާއްޖެއިން ހައްޖަށްދާ މީހުން ގޮވައިގެންދާ ފުރަތަމަ ފްލައިޓު ފުރުމަށް ނިންމާފައިވަނީ މި މަހުގެ 31 ގައެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ އިންތިޒާމްތަކާއި ތައްޔާރީތައް މިހާރުވަނީ ފުރިހަމަކޮށްފައެވެ.


އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހަައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މަސައްކަތްކުރާ އިސްފަރާތްތަކާއި އިދާރާތަކާއެކު ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައއިވާ ކަމަށެވެ.


އާއްމު އުސޫލުން ކޮންމެ އަހަރަކު ވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 1000 ހައްޖު ކޯޓާ ލިބޭއިރު، ސަރުކާރުން ނިންމަވާފައިވަނީ މިހުރިހައި ކޯޓާއެއް އްޖުގެ ޙައްޖު ކޯޕަރޭޝަނަށް ދިނުމަށެވެ. އެއީ ހައްޖުގެ އަޅުކަމަށް ދާ މީހުންނަށް ބޭނުންވާ ހިދުމަތްތައް ހަރުދަނާކުރުމަށެވެ. މީގެތެރެއިން 50 ކޯޓާ، ސަރުކާރުގެ ޚަރަދުގައި ނިކަމެތިންނަށް ކަނޑައަޅާފައިވާއިރު، އެ ފުރުސަތު ލިބޭ މީހުން ވެސް މިހާރު ވަނީ ހޮވާފައެވެ.


ކިޔުންތެރިންގެ ހިޔާލު