ރަފަހް އަނދަނީގެ ނަމުގައި މޭ 31 ގައި އެއްވުމެއް ބާއްވަނީ

4 months ago

އަފްރާހް

ރަފަހް އަނދަނީގެ ނަމުގައި މޭ 31 ގައި އެއްވުމެއް ބާއްވަން ނިންމައިފިއެވެ.


މިއީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ޢުދުވާނާއި ދެކޮޅު ހަދައި، ދިވެހިން ތިބީ ފަލަސްތީނާއި އެކުގައިކަން ހާމަކުރުމުގެ ގޮތުން ބާއްވާ ބޮޑު އެއްވުމެކެވެ.


މި އެއްވުން ބޭއްވުމަށް ނިންމާފައިވަނީ މޭ 31 ވާ ހުކުރު ދުވަހު ހަވީރު 4 ޖަހާއިރު، އާޓިފިޝަލް ބީޗުގައެވެ.


ފައިބެއަހަރުގެ އޮކްޓޯބަރު މަހުގެ 7 ގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކާއި ގުޅިގެން އެކަމުގެ ބަދަލު ހިފަން އިސްރާއީލުން ގެންދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅައި، ކުށެއް ނެތް، އެތައް އާންމު ރައްޔިތުނެއް ޝަހީދުކުރަމުންނެވެ.


އެގޮތުން ފަލަސްތީނުގެ ޣައްޒާ އިން 36،096 ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 81،136 މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.


ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތާ ގުޅިގެން ރާއްޖޭގެ ހުރިހައި މިސްކިތެއްގައި ޤުނޫތު ނާޒިލާ ކިޔަން ވެސް މިހާރުވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު