ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

4 months ago

އަފްރާހް

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން އިލްތިމާސްކޮށްފިއެވެ.


އެ އިދާރާ އިން ވިދާޅުވީ ކުރިއަށްއޮތް ދެ ދުވަހު ވެސް ކަނޑުތައް ގަދަވާނެކަމަށާއި ވާރޭވެހުން މަދުވިނަމަވެސް ހޮނިހިރު ދުވަހާއި ހަމައަށް މަދުމަދުން ވާރޭ ވެހޭނެކަމަށެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.


އެހެންވެ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރައްވާ، ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެދިލައްވާފައެވެ. އަދި ދަތުރަކަށް ފެށުމުގެކުރިން މޫސުމާއިބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށް ވެސް ވަނީ އެދިލައްވާފައެވެ.


ރާއްޖެއަށް މިހާރުކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރާއިގާ ރާއްޖޭގެ އެކި ހިސާބަށް، އެކިވަގުތުތަކުގައި ތަފާތު އެކި ސަމާލު ނެރެމުންދާއިރު، ބައެއް ސަރަހައްދުތަކަށް ވައިގަދަވުމުގެ ސަބަބުން އެކިކަހަލަ ގެއްލުންތައް ވެސް ދަނީ ލިބެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު