މެންބަރުންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނާނެގޮތަށް ވާހަކަ ނުދައްކާ: މަޖިލީހުގެ ރައީސް

1 month ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނާނެގޮތަށް ވާހަކަ ނުދެއްކުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފިއެވެ.


އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ ގުޅޭ ގަރާރުގެ ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.


"އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލްގެ މަސައްކަތް ކުރިއަށް ނުދަނީ، ސަރުކާރުން މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވާތީ. މަޖިލީހުގެ ވަކިވަކި މެންބަރުން ކޮންޓްރޯލް ކޮށްގެން މަޖިލީހުގެ މުޅި އެޖެންޑާއަކީ ރައީސް އޮފީހުން ދޭ އެއްޗަކަށް ހެދުން ހުއްޓާލަންޖެހޭ." މީކާއިލް ވިދާޅުވިއެވެ.


މެމްބަރު މިކާއިލްގެ މި ވާހަކަތަކަށް އިޝާރާތްކުރައްވައި، މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ ކަރާމާތް ގެއްލޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފައެވެ. އަދި މަޖިލީހުގެ މެންބަރުންނަކީ ބޮޓުން ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދެއްކުމަކީ މެންބަރުންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނާނެ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު