1 month ago
މާލެ ސިޓީގެ ފަޅު ބޭނުންކުރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން އޮތީ، 19 ނޮވެމްބަރ 2024 ވަނަ ދުވަހު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ، މާލޭގެ ބަދަރު ސަރަޙައްދު ބޭނުންކުރާ، ދުއްވާ އުޅަނދުފަހަރަށް ކުރިމަތިވާ ޓްރެފިކުގެ މައްސަލައާއި ދަތުރު ވެރިންނާއި އަދި އެ ނޫން ވެސް ބޭނުން ތަކުގައި ފަޅު ބޭނުންކުރާ ފަރާތްތަކަށް، ފަޅު ބޭނުންކުރުމުގައި ހުރި ދަތިތައް ހައްލުކުރުމާ ބެހޭ ގޮތުންނެވެ.
އެނގި ވަޑައިގަންނަވާނެ ފަދައިން، މާލެސިޓީގެ ފަޅަކީ، އެ ފަޅަށް ވަދެ ނުކުމެ ހަނދާ އުޅަނދު ފަހަރާ އަޅައި ބަލާއިރު، ނިސްބަތުން ވަރަށް ޖާގަ ކުޑަ ފަޅެކެވެ. އެހެން ކަމުން މާލެ ސިޓީގެ ފަޅުގެ ގޮތުގައި ބަލަމުން އަންނަ މާލޭގެ އުތުރު ފަރާތު ފަޅުތެރެއާއި ދެކުނު ފަރާތު ޓީޖެޓީ ހިމެނޭ ސަރަޙައްދު ވެސް، އަންނަނީ އަބަދު ފުރިފައެވެ.
ހާއްސަކޮށް، އުތުރު ފަރާތު ފަޅުތެރޭގައި މުދާ ބަރުކުރާ ބޯޓް ފަހަރު ކައިރިކުރާ ސަރަޙައްދުން، ދަތުރުވެރިންނަށް ޖާގަ ލިބުން ވަނީ ވަރަށް ދަތި ކަމަކަށް ވެފައެވެ. އެހެން ކަމުން މާލެ ސިޓީ ކައުންސިލްއިން އިސްނަގައިގެން ޓްރާންސްޕޯޓް މިނިސްޓަރއާއި މަޝްވަރާ ކުރެއްވި މި މައްސަލަ ޙައްލުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުންނެވެ.