1 month ago
ފަލަސްތީނު ހައްގުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން ތައުރީފް ކުރައްވައިފިއެވެ.
އެމަނިކުފާނު ކުރެއްވި ޕޯސްތެއްގައި ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމު ހުއްޓުވުމަށް ގޮވާލައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަކީ މިހާތަނަށް ރާއްޖޭގެ ވެރިއަކުކުރައްވާ އެންމެ ވަރުގަދަ އަދި ސާބިތު މަސައްކަތްޕުޅުކަމަށެވެ.
ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެތެރެއިން އެންމެ އުފާކުރާކަމަކީ ފަލަސްތީނުގައި ހިނގަމުންދާ ގަތުލްއާންމު ހުއްޓުވުމަށް ކުރަމުންދާ މިންނެތް މަސައްކަތްކަން ފާހަގަކުރައްވައި، އެގޮތުން އޯއައިސީ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ދެއްވި ތަގުރީރަކީ ފަހަކަށް އައިސް ގައުމެއްގެ ވެރިޔަކު ދެއްވި އެންމެ ވަރުގަދަ އަދި ސާބިތު ތަގުރީރުކަމަށް ވެސް ރައީސް ވަޙީދު ވިދާޅުވިއެވެ.
މީގެއިތުރުން އިސްރާއީލާ ދެކޮޅަށް ސައުތު އެފްރިކާގެ ފަރާތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށައަޅާފައިވާ މައްސަލައަށް ތާއީދުކުރައްވައި، ރާއްޖޭގެ ފަރާތުން ވަރަށް ވަރުގަދަ ވަކީލުންގެ ޓީމެއް ފޮނުއްވިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
"ހުޅަނގުގެ އެހީއާއެކު އިސްރާޢީލުން ފަލަސްޠީނުގައި ހިންގާ ނާތަހުޒީބު އަނިޔާވެރި އަދި ލަދެއްނެތް ޢަމަލުތަކަކީ މި ވޭތުވެދިޔަ 100 އަހަރުގެތެރޭގައިވެސް ހިންގާފައިވާ އެންމެ ބޮޑު ޖަރީމާ." ޑރ. ވަހީދު ވިދާޅުވިއެވެ.
ހަމަމިއާއެކު ދިވެހި ރައްޔިތުންގެ ހިތްތަކުގައި އުފެދެމުންދާ އުދާސްތަކާއި، ވޭނާއި ހިތްދަތިކަމުގެ އަސަރު ރައީސް ޑރ. މުޢިއްޒު އިހްސާސްކުރައްވައި އެމަނިކުފާނު ދައްކަވާ ކޮންމެ ވާހަކަފުޅެއްގައި ވެސް ސާބިތުކަމާއެކު ފާޅުކުރައްވަމުން ގެންދަވާކަމަށްޓަކައި ވެސް ޝުކުރު ދަންނަވާފައި ވެއެވެ.
އިއްބެ
އެއީބާކީވީމައި އަބަދުވެސްވަޔަށްއުޅޭމީހެއް
1 month ago