ގައުމީ އޯޕަން ވޯޓަރ ފެތުމުގެ މުބާރާތުގައި ބައިވެރިވާން އިތުރު މުހުލަތެއް

މި މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ގައުމީ އޯޕަން ވޯޓަރ ފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

 

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވިދާޅުވީ މި މެއި 17 ގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މެއި 6 ވަނަ ދުވަހުގެ މެންދުރު 2 ޖަހަންދެން ކަމަށެވެ.

 

މިއަހަރުގެ މުބާރާތް ވެސް ކުޑަގިރީގައި ބާއްވާއިރު، މިއީ 16 ވަނަ ގައުމީ ފެތުމުގެ މުބާރާތެވެ. މި މުބާރާތުގައި ކުރިޔަށްދާނީ 5 ކިލޯ މީޓަރާއި 3 ކިލޯމީޓަރު ރޭސް ކޯސް، 1 ކިލޯމީޓަރ ރޭސް އަދި 0.5 ކިލޯ މީޓަރ ރޭސް ކޯސްގެ އިވެންޓުތައް ކަަމަށް އެސޯސިއޭޝަނުން ވިދާޅުވެއެވެ.

 

މުބާރާތުގައި ބައިވެރިވުމަށް އެެދޭ ފޯމު އެސޯސިއޭޝަންގެ ވެބްސައިޓް https://swimming.org.mv/event/16nowsc2025/ މެދުވެރިކޮށް ލިބެންހުންނާނެއެވެ.

 


  • ސްވިމިންގ އެސޯސިއޭޝަން
  • ކޮމެންޓް