ކެންސަރަށް ފަރުވާ ހޯދަމުންދިޔަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ސްޓާފް ސާޖަންޓް ޢަލީ ނަޝީދު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ ސިނކުޑީގައި ޓިއުމަރެއް އުފެދި، ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް އައިޗީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށްނެވެ.
މަރްހޫމް ޢަލީ ނަޝީދު ނިޔާވިއިރު، ސިފައިންގެ ޚިދުމަތުގައި 30 އަހަރާއި، 8 މަހާއި، 19 ދުވަސް ވަނީ ހޭދަކުރައްވާފައެވެ. ނިޔާވި އިރު، ކެންސަރު ބައްޔަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަމުން ގެންދާތާ މިހާރު ތިން އަހަރު ވެއްޖެއެވެ.
ޢަލީ ނަޝީދަކީ ކޯސްޓްގާޑުގެ މާލިމީންނާއި ނެވީންގެ އިރުޝާދާއެކު އެ ހިދުމަތުގައި ކުރިއަށް ދިޔަ ޒުވާނެކެވެ. ނިޔާވިއިރު، އަނބިކަނބަލަކާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ.
އެމްއެންޑީއެފް ކޯސްޓްގާޑްގެ ސްޓާފް ސާޖަންޓް ޢަލީ ނަޝީދު ނިޔާވުމުގެ ހިތާމައިގާ 'އޮއިވަރު' ގެ ކިޔުންތެރިންނާއި މުވައްޒަފުން އަދި މެނޭޖުމެންޓުން ބައިވެރިވަމެވެ. އަދި މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލެއްވުމަށާއި އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް ދުއާ ކުރަމެވެ.