ޚަބަރު ރާއްޖެ

މީޤާތު ގްރޫޕުގެ އިސްސަފުގައި ތިބި ކަނބަލުންނަށް ސެޕްޓެމްބަރ މަހުގެ އުމްރާވެރިންގެ އައްސަރިބަހާއި ސާބަސް!

މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ސެޕްޓެމްބަރ މަހުގެ އުމްރާ ދަތުރު ނިންމާލައިފިއެވެ.

 

މި މަހުގެ 19 ން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރި މި އުމްރާ ދަތުރުގައި 90 އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތައް ވެސް ހިމެނެއެވެ.

 

އެ ގްރޫޕުގެ ސެޕްޓެމްބަރ މަހުގެ އުމްރާ ދަތުރު ނިންމާ، ބައިވެރިން ފާޅުކުރަމުންދާ ޝުއޫރުތަކަށް ބަލާއިރު، އަންހެން ބޭފުޅުން އިސްސަފުގައި ތިބެ، ހުރިހާ އިންތިޒާމެއް ވެސް ވަރަށްފުރިހަމައަށް ގެންދިޔަކަން ހުރިހާ ބައިވެރިން ވެސް ވަނީ ފާހަގަކޮށްފައެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ބެހެއްޓެވި އޯގާތެރިކަން ވެސް ފާހަގަކުރެއެވެ.

 

މި މަހުގެ އުމްރާގެ އަޅުކަމަށް މުޅިން އަލަށް ދިޔަ ފަރާތްތަކާއި މީގެކުރީން އެހެން ގްރޫޕުތަކާއެކު އުމްރާގެ އަޅުކަން އަދާކުރުމަށްދިޔަ މީހުން ވެސް ހިމެނެއެވެ. އަލަށް ދިޔަ ފަރާތްތަކަށް މިފަދަކަންކަން ތަޖުރިބާކުރެވިފައި ނެތްނަމަވެސް ފާޅުކޮށްފައިވަނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ޝުއޫރުތަކެވެ.

 

މައްކާގައި ތިބިއިރު، ދިވެހި އަތްތަކުން ތައްޔާރުކޮށްފައިވާ ދިވެހި ރަހަތަކަކީ ހަނދާނުން ފުހެލޭނެ ރަހަތަކެއް ނޫން ކަމަށް ވަނީ ބުނެފައެވެ. ހާއްސަކޮށް މައްކާ މަދީނާގެ ތަންތަނަށް ޒިޔާރަތްކުރިއިރު، އެތަންތަނާއިބެހޭ މައުލޫމާތު ދެއްވި ދީނީ އިލްމުވެރިންގެ ބަސްތަކަކީ އަބަދު ވެސް ހިތުގައި ބިންވަޅު ނެގޭނެ ބަސްތަކެއް ކަމަށް އެބައިވެރިން ފާހަގަކުރެއެވެ.

 

މީގެއިތުރުން އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމާއިގުޅޭގޮތުން ދެއްވި ދަރުސްތަކާއި އަޅުކަން އަދާކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއިބެހޭ މައުލޫމާތު ދެއްވީ އެންމެންނަށް ވެސް ފަހުމުވާގޮތަށް ކަމުގައި ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

 

 

 

އުމްރާގެ އަޅުކަން އަދާކުރުމަށް މީގެކުރީން ބައެއް އެހެން ގްރޫޕުތަކާއެކު ދިޔަ މީހުން ވެސް ބުނެފައިވަނީ މިއީ އެހެން ގްރޫޕުތަކުން އާންމުކޮށް ފެންނަ މަންޒަރެއް ނޫން ކަމަށެވެ. އެހެންކަމުން ހަމަޔަގީނުން ވެސް ސެޕްޓެމްބަރ އުމްރާ ދަތުރުގައި މިވަނީ މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުގެ 'ފިސާރި ހީވާގި' ކަނބަލުންގެ ކުޅަދާނަކަން ފެނިފައެވެ.

 

 

 

މީޤާތު ގްރޫޕުން ދެން އެންމެއަވަހަށް ދާނީ މިއަހަރުގެ ޑިސެމްބަރ މަހުގެ އުމްރަ ދަތުރެވެ. މިއަހަރުގެ ޑިސެމްބަރ އުމްރާ ދަތުރުގެ އަގަކީ 29,500 ރުފިޔާއެވެ. އޭގެތެރޭގައި ޓިކެޓާއި ވިސާ ހަމަޖައްސައިދީ ތޯއިފް ދަތުރު ހިލޭ ލިބޭނެއެވެ. އަދި ދަތުރުގައި ދީނީ އިލްމުވެރިންގެ ޓީމަކުން ބައިވެރިވެ، ކަންކަން އޮޅުންފިލުވައިދިނުމާއި ދީނީ ދަރުސް ދިނުން ވެސް ކުރިއަށްދާނެއެވެ.

 

މީގެއިތުރުން ތިން އުމްރާ ކުރުމުގެ ފުރުސަތާއި ހަރަމްފުޅާ ކައިރި ހޮޓަލުގައި ތިބުމުގެ އިންތިޒާމު ވެސް ހަމަޖައްސައިދޭއިރު، މައްކާއާއި މަދީނާ ޒިޔާރަތުގެ ދަތުރާއި ފަސް ލީޓަރުގެ ޒަމްޒަމް ފެންފުޅިއެއް ވެސް ލިބޭނެއެވެ.

 

ހަމަމިއާއެކު ދިވެހި ރަހަތަކުގެ ކެއުން ފޯރުކޮށްދޭއިރު، އުމްރާ ކިޓުވެސް ދެއެވެ. އޭގައި ދެ ޖިންސަށް ވެސް އިހްރާމް، ދުއާ ފޮތް، ފައިވާން ކޮތަޅު އަދި ބުރުގާ ޓެގް ހިމެނެއެވެ. އުމްރާވެރިންނަށް ފަސޭހަކޮށްދިނުމަށްޓައި މަދީނާ ދަތުރު ރާވާފައިވަނީ ރޭލުގައި ހިލޭ ދެވޭގޮތަށެވެ.

 

މީޤާތު ހައްޖު އެންޑް އުމްރާ ދަތުރުތަކާއިގުޅޭ މައުލޫމާތު ހޯދުމަށް 7755688 އަށް ގުޅުމަށް އެ ގްރޫޕުން އެދެއެވެ.

 

 


  • މީޤާތު ޙައްޖު އެންޑް ޢުމްރާ
  • އުމްރާ
  • ކޮމެންޓް