އެވިޑު ކޮލެޖުން ރާއްޖޭގެ ތައުލީމަށް ކުރާ ހޭދައަށް ޑރ. ޝަހީމް ޝުކުރު އަދާކުރައްވައިފި

6 months ago

އަފްރާހް

އެވިޑް ކޮލެޖުން، ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ޕްރޮގްރާމްތައް ކިޔަވައިދިނުން ފެށުމަށް ބޭއްވި ޚާއްޞަ ޙަފްލާގައި ޝަރަފްވެރި ކޮއްދެއްވީ ޑރ. ޝަހީމްއެވެ.


ބޭއްވި ހަފްލާގައި ޑރ. ޝަހީމް ވަނީ ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ޕްރޮގްރާމްތައް އެވިޑްގައި ފެށިގެން ދިއުމަކީ ރާއްޖޭގައި މަތީ ތައުލީމު ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެން ދިޔަ ރަނުގެ ފުރުޞަތެއްކަމަށް ވިދާޅުވެފައެވެ.


ޑރ. ޝަހީމް ވަނީ އެވިޑް ކޮލެޖުން ރާއްޖޭގެ ތަޢުލީމަށް ކުރަމުން ގެންދާ ޚިދުމަތް ފާހަގަ ކުރައްވާ އެކޮލެޖުން ފާހަގަ ކުރެވޭ އެތައް ދަރިންނެއް މަސައްކަތުގެ މައިދާނަށް ދޫކުރައްވައިފިކަމަށް ވިދާޅުވެ އެވިޑު ކޮލެޖަށް ތައުރީފުކުރައްވާފައެވެ.


އެމަނިކުފާނު ވަނީ މެހުމާނުގެ ގޮތުން ބައިވެރިވުމަށް ދައުވަތު ދެއްވިކަމަށްޓަކައި ޝުކުރު ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު