ތައިލޭންޑުގެ ސަފީރުކަމަށް ފުއާދު

4 weeks ago

އަފްރާހް

ރާއްޖޭން ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް ފުވާދު ތައުފީގު އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.


އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް، ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އައްޔަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިހާރުވަނީ ފޮނުވާފައެވެ.


ފުއާދު ތައުފީގު، އިލެކްޝަންސް ކޮމިޝަނާއި އެންމެ ފުރަތަމަ ގުޅިވަޑައިގަތީ 2008 ވަނަ އަހަރު، ކޮމިޝަންގެ މެންބަރެއްގެ ގޮތުގައެވެ. އެއް އަހަރު ދުވަހު ކޮމިޝަންގެ މެންބަރުކަމުގެ މަޤާމު ފުރުއްވުމަށްފަހު، 2009 ވަނަ އަހަރު ކޮމިޝަންގެ ރައީސްގެ މަގާމަށް ވަނީ އައްޔަން ކުރައްވާފައެވެ.


މީގެއިތުރުން 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މާރޗު މަހާއި ހަމައަށް އީސީގެ ރައީސްގެ މަގާމު އަދާކުރެއްވުމަށްފަހު، އެ ކޮމިޝަނުން ވަކިވެވަޑައިގެން، ދެވަނަ ފަހަރަށް އެ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2019 ވަނަ އަހަރުއެވެ.


އެމަނިކުފާނު ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު