އިންޑިއާ އިން ރާއްޖެއަށް އައު ސަފީރެއް ހަމަޖައްސައިފި

4 weeks ago

އަފްރާހް

އިންޑިއާ އިން ރާއްޖެއަށް އައު ސަފީރެއް ހަމަޖައްސައިފިއެވެ.


ސަފީރުގެ މަގާމަށް ހަމަޖައްސަވާފައިވަނީ ޖީ ބަލަސުބްރަމަނިއަން އެވެ. އޭނާ އަކީ އެގައުމުން ނައިޖީރިއާއަށް މިވަގުތު ކަނޑައަޅައިފައި ހުންނަވާ ސަފީރެވެ.


1998 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސުބްރަމަނިއަން ވަނީ މޮސްކޯ، ވޮޝިންޓަން އަދި ބެންކޮކްގެ އިންޑިއާ މިޝަންތަކުގައި މަސައްކަތް ކުރައްވާފައެވެ.


އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި މިހާރު ހުންނަވަނީ މުނޫ މަހާވަރުއެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު