ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލް، މުވައްޒަފުންގެ ކުރިމަގު ބައްޓަންކުރުމަށް އިތުރު ހަރުފަތެއް

ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލް އާއި ޓްރެއިނިންގތަކުގެ މައުލޫމާތު ހިމެނޭ އަތްމަތީ ފޮތް އިފްތިތާހުކޮށްފިއެވެ.

 

މި ޕޫލާއި އަތްމަތީފޮތް އިފްތިތާހުކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

 

ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލަކީ ކުންފުނީގެ މުވައްޒަފުންގެ އިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓަރނަލް ޓްރެއިނިންގ ފޯރުކޮށްދިނުމަށް ފެށި މަސައްކަތެކެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ހުނަރު ދެނެގަނެ އެމުވައްޒަފުންނަށް ބޭނުންވާ އިލްމު އެންމެ ގާތުން ފޯރުކޮށްދިނުމަކީ ވެސް މަގުސަދެކެވެ.

 

އެ ކުންފުނިން ވިދާޅުވީ 35 މުވައްޒަފުން "ޓްރެއިން ދަ ޓްރެއިނަރ" އިންޓަރނޭޝަނަލް ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމަށާއި އެ މުވައްޒަފުންނަށް ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް މިއަދު ދީފައިވާ ކަމަށެވެ.

 

މީގެއިތުރުން ކުރިއަށް އޮތް ތާނގައި ބައިނަލްއަގުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.

 

ސްޓެލްކޯ ޓްރެއިނަރސް ޕޫލްގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި އިދާރީ އެކި ދާއިރާތަކުގެ މުވައްޒަފުން ހިމެނެއެވެ. އަދި ހިއުމަން ރިސޯސްއާއި، ސެކިއުރިޓީއާއި މީޑިއާ އާއި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަކަށް ހާއްސަ މުވައްޒަފުން ވެސް ހިމެނެއެވެ.

 

 


  • ސްޓެލްކޯ އެމްޑީ
  • ސްޓެލްކޯ
  • ކޮމެންޓް