ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔަރގެ އެވޯޑު އުރީދޫ އަށް

4 months ago

އަފްރާހް

"ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔަރ"ގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެއެވެ.


ޓުވިމްބިޓް އެވޯޑްސްގެ މިއަހަރުގެ ޓުވިމްބިޓް އެވޯޑު ހަފްލާ ބާއްވާފައިވަނީ ސެއިންޓް ރެޖިސް ސިންގަޕޫރުގައެވެ.


މި އެވޯޑަށް ނޮމިނޭޓުވެފައިވަނީ އުރީދޫ މޯލްޑިވްސް، ދިރާގު، އަދި ބްރޫނާއީގެ ޑީއެސްޓީ އެވެ.


މިއުފާވެރި ޚަބަރާއެކު އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވަނީ ކުރިއަށް އޮތްތަނުގައި ވެސް އީޖާދީ، ފެންވަރު ރަނގަޅު ޚިދުމަތް ދިނުމުގައި އެ ކުންފުނިން ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


މި އެވޯޑްސް ގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބޮޑެތި ޓެލްކޯ އަދި ޓެކް ކުންފުނިތައް ކަމަށްވާ ބާރްތީ އެއަރޓެލް، ސިންގްޓެލް، ސްޓާހަބް، ރަކުޓެން މޮބައިލް ޖަޕާން، ރިލަޔަންސް ޖިއޯ، އިންޑޯސެޓް އުރީދޫ ހަޗިސަން، ޗައިނާ މޮބައިލް ފަދަ ކުންފުނިތައް ހިމެނެއެވެ. 


ކިޔުންތެރިންގެ ހިޔާލު