ޕީއެސްޖީގެ ކުރީގެ ތަރި އޮކޯޗާ ރާއްޖެއަށް

4 months ago

އަފްރާހް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކުރީގެ ތަރި ޖޭ-ޖޭ އޮކޯޗާ ރާއްޖެއަށް އައުމަށް ހަމަޖެހިއްޖެއެވެ.


އޭނާ ރާއްޖެ އަންނަނީ ޕީއެސްޖީ އާއި އޮތް ޕާޓްނަރޝިޕްގެ ސަބަބުން އުރީދޫގެ ދައުވަތަކަށް މިއަހަރުގެ ޖުލައިމަހުއެވެ.


އުރީދޫ އިން ވިދާޅުވީ ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން، އޮކޯޗާގެ މި ދަތުރުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާއިރު، އޮކޯޗާއާއެކު ފުޓްސަލް ކުޅުމުގެ ފުރުސަތު ވެސް ހިމެނޭ ކަމަށެވެ. އެ ފުރުސަތު ހޯދުމަށް ކަސްޓަމަރުންނަށް އަމާޒުކޮށްގެން މީސްމީޑިއާ ކޮންޓެސްޓުގައި PSGLegendinMV# ހޭޝްޓެގް ބޭނުންކޮށްގެން ބައިވެރިވެވޭނެކަމަށް އުރީދޫ އިން ވިދާޅުވެއެވެ.


މި ކޮންޓެސްޓުގައި ޖޫން 10 ގެ ކުރިން ބައިވެިވުމުގެ ފުރުސަތު އޮތްއިރު، ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ 5 ފަރާތަށް އޮކޯޗާ އާއެކު ފުޓްސަލް މެޗެއް ކުޅުމުގެ ފުރުސަތު ލިބޭނެކަމަށް އުރީދޫ އިން ހާމަކުރައްވައެވެ.


މީގެއިތުރުން ޕީއެސްޖީ އެކަޑަމީގެ ޓްރެއިނިންގ ދެ ސެޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްދާނެ ކަމަށާއި މި ސެޝަންތައް ކުރިއަށް ދާނީ ޕީއެސްޖީ އެކަޑަމީގެ ދެ ކޯޗުންނާއި އެކުގައި ކަމަށް އުރީދޫ އިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު