އޭޕްރީލް މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒަރވަށް ކުރިއެރުން

4 months ago

އަފްރާހް

މިއަހަރުގެ މާރޗު މަހާއި އަޅާބަލާއިރު، އޭޕްރީލް މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒަރވަށް ކުރިއެރުން ލިބިފައިވާކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހާމަކުރައްވައިފިއެވެ.


އެމްއެމްއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި މާރޗް މަސް ނިމުނުއިރު ރަސްމީ ރިޒަރވްގައި ހުރީ 541.8 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް އެޕްރިލް މަސް ނިމުނުއިރު 622.1 މިލިއަން ޑޮލަރު ހުރިކަމަށް ތަފާސްހިސާބުން ދައްކައެވެ.


މިއީ މި އަހަރުގެ މާރޗް މަސް ނިމުނުއިރު ރަސްމީ ރިޒަރވްގައި ހުރި އަދަދަށްވުރެ 80.3 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށް ވެސް ތަފާސްހިސާބުން ދައްކައެވެ.


އެމްއެމްއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި ޖަނަވަރީ މަސް ނިމުނުއިރު 551.1 މިލިއަން ޑޮލަރު ހުރިއިރު، ފެބްރުއަރީ މަސް ނިމުނުއިރު ހުރީ 588.8 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒަރވްގައި 113.6 މިލިއަން ޑޮލަރު ހުރިއިރު، މާރޗް މަސް ނިމުނުއިރު ޔޫޒަބަލް ރިޒަރވްގައި ހުރީ 113.7 މިލިއަން ޑޮލަރު ކަަމަށް ވެސް ތަފާސްހިސާބުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު