މިލަންދޫ މަގުހެދުމުގެ މަޝްރޫއު ނިމުމަކާއި ގާތަށް

4 months ago

އަފްރާހް

ށ. މިލަންދޫގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދާ މަގުތަކުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އާރްޑީސީން ވިދާޅުވެއްޖެއެވެ.


އެ ކުންފުނިން ވިދާޅުވީ 2020 ވަނަ އަހަރުގފެ މާރޗު މަހުގެ 12 ގައި ސޮއިކުރި މި މަޝްރޫއުގެ ދަށުން 9 މަގަކާއި 3 ގޯޅިއެއް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަަމަށެވެ. އަދި އެއީ ޖުމްލަ 6.3 ކިލޯމީޓަރު ކަމަށް ވެސް ވިދާޅުވިއެވެ.


އާރްޑީސީން ވިދާޅުވީ 156,477,632.23 ދިވެހި ރުފިޔާގެ މި މަޝްރޫއުގައި މަގުތަކުގައި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ވެސް ނިމި، ކާރބް ސްޓޯން ޖެހުމާއި ދުވާރުގެ މަސައްކަތްތަކުގެ 98 އިންސައްތަ ވެސް ނިމިފައިވާ ކަމަށެވެ. އަދި މަގު ބައްތި ޖެހުމުގެ މަސައްކަތުގެ ބޮޑު ބައެއް ވެސް ނިމިފައިވާ ކަމަށެވެ.


މީގެއިތުރުން އެންމެ ގޯޅިއެއްވިޔަވައި ތާރު އެޅުމުގެ މަސައްކަތްތައް ވެސް ނިންމާލެވިފައިވާއިރު، މިހާރު ކުރިއަށްދަނީ ސްޕީޑް ބްރޭކަރތައް ހެދުމާއި މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްތައް ކަަމަށް ވިދާޅުވިއެވެ. އަދި ފިނިޝިންގ ގެ މަސައްކަތް ކުރިއަށްދާ ކަަމަށް ވަނީ ވިދާޅުވެފައެވެ.


އާރްޑީސީން ވިދާޅުވީ މިލަންދޫގެ މަގުތައް ޒަމާނީފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނު ދުވަހަކީ ދުނިޔެއަށް ކުރިމަތި އާލަމީ ވަބާ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރި ދުވަސް ކަމަށާއި އެކަމަކު ސަބަބުން ކުންފުނިން ހިންގަމުން އައި މަޝްރޫއުތައް މަޑުޖައްސާލަން މަޖުބޫރުވި ކަމަށެވެ.


ދަތުރުފަތުރުގެ ގޮންޖެހުންތަކާއެކު މަޝްރޫއުތައް ހިންގުމަށް ރަށްރަށަށް ދަތުރު ކުރުން ހުއްޓާލަންޖެހުނުކަން ފާހަގަކުރައްވާ، ވިދާޅުވީ މަޝްރޫއުތަކަށް ބޭރުން ގެންނަ އެކިހަލަ ސާމާނާ ވަސީލަތްތައް ރާއްޖެ ނުގެނެވި ލަސްވިކަމަށެވެ. އަދި ރަށްރަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުމުގެ އިތުރަށް ކޯވިޑް ލޮކްޑައުންގެ ސަބަބުން މުވައްޒަފުންގެ އަދަދު މަދުވުމުގެ ދަތިތަކާ ވެސް ކުރިމަތިލާންޖެހުނުކަން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު