6 months ago
މާލެ އިން ގުޅިފަޅަށް ބްރިޖް އަޅައި ނިމޭނީ 2026 ގައި ކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރް، އާއެކު ތިލަމާލެ ބްރިޖު މަޝްރޫއުގެ ސައިޓަށް ޒިޔާރަތްކުރެއްވުމަށްފަހު އެ މަޝްރޫއުގެ އަދާހަމަ ހިއްސާ ކުރަމުންނެވެ.
އެ މިނިސްޓްރީން ވިދާޅުވީ ޅި މަޝްރޫއުގެ 38.88 ޕަސެންޓް މަސައްކަތް ނިމިފައިވާ އިރު، ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ތަނބުތަކުގެ ޕައިލިންގެ 66 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އޭގެތެރެއިން ޕައިލް ކެޕްގެ 46 ޕަސެންޓް މަސައްކަތާއި ޕިއާ ކޮލަމްންސްގެ 48 ޕަސެންޓް މަސައްކަތް ވެސް ނިމިފައިވާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މަޝްރޫއުގެ ޑެކްއަށް ބޭނުންވާ ޕްރީކާސްޓް ސެގްމަންޓްސްގެ މަސައްކަތުގެ 31 ޕަސެންޓް ކާސްޓްކޮށް ނިމިފައިވާއިރު، މި މަޝްރޫއުގެ މިހައިތަނަށް ވިލިމާލޭގައި ވިހި ސެގްމަންޓް ލޯންޗް ކޮށްފައިވާކަން އެ މިނިސްޓްރީން ހާމަކުރައްވައެވެރ. އަދި މި މަޝްރޫއުގެ މަސައްކަތް މިހާރު ނިންމަން ހަމަޖެހިފައިވަނީ މާލެއިން ގުޅިފަޅަށް ދާ ސެގްމަންޓް ކަމަށް ވިދާޅުވިއެވެ.
އެ ނިންމާލެވޭނީ 2026 މާޗް 31 ގައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރައްވާއިރު، ގުޅިފަޅުން ތިލަފުއްޓާ ހަމައަށް ކުރާ މަސައްކަތް އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ.