ރަޝިއާ އަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީ – މުޅި ގައުމު ބިރުވެރިކަމުގެ ތެރެއަށް

ރަޝިއާ އަށް ރިކްޓަރ މިންގަނޑުން 8.8 ގެ ބާރުމިނުގައި އައި ބިންހެލުމާއެކު އެގައުމުގެ ރައްޔިތުންނާއި ބައެއް އެހެންގައުމުތައް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.

 

އެގައުމުގެ ކަމްޗާތުކާ އަށް އައި މިބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅުތައް އެމެރިކާގެ ހަވާއީގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ވެސް ވަނީ ފޯރާފައެވެ. އަދި އޮއާހޫއަށް އަރާފައިވާ ރާޅުތަކުގެ އުސް މިނުގައި ހަތަރު ފޫޓު ހުރި ކަމުގައި ވެސް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.

 

އެހެންކަމުން ސުނާމީގެ އިންޒާރާ އެކު، ހަވާއީގެ އައްސޭރިފަށުގައި ދިރިއުޅޭ ގިނަ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަސައްކަތް ފަށާފައިވާއިރު، މިއީ ފާއިތުވި 14 އަހަރުގެ ތެރޭގައި އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުންކަަމަށް އެމެރިކާގެ ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) ގެ ތަފާސްހިސާބުން ދައްކައެވެ. އަދި ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން ރެކޯޑު ކުރެވިފައިވާ އެންމެ ބާރުގަދަ 10 ބިންހެލުމުގެ ތެރޭގައި މިއަދުގެ ބިންހެލުން ހިމެނޭކަމަށް ވެސް ވަނީ ރެކޯޑުވެފައެވެ.

 

ޚަބަރުތައް ބުނާގޮތުން ބައެއް ސަރަހައްދުތަކަށް ހަ ފޫޓުގެ އުސް ރާޅުތައް އަރާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ. ޖަޕާނާއި ރަޝިޔާގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ ރާޅުތައް މިހާރުވެސް އަރަމުންދާއިރު، ޖަޕާނުން ވަނީ އެގައުމުގެ އައްސޭރިފަށުގައި ދިރިއުޅޭ ދެ މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައެވެ.

 


  • ސުނާމީ
  • ރަޝިއާ
  • ޖަޕާން
  • އެމެރިކާ
  • ކޮމެންޓް