ރާއްޖެއިން ބޭރުގެ ފެތުމުގެ މުބާރާތެއްގައި އުލްޔާގެ ރެކޯޑެއް

ރާއްޖޭގެ ޒުވާން އަދި އުއްމީދީ ފެތުންތެރިޔާ ޢާއިޝަަތު ޢުލްޔާ ޝާއިޤް ގައުމީ ރެކޯޑެއް އައުކޮށްފިއެވެ.

 

އޭނާ އައުކޮށްފައިވަނީ އަންހެނުންގެ ޝޯޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެއެވެ. އެއީ އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ 2025 ހެންކޮކް ޕްރޮސްޕެކްޓިންގ ވެސްޓަރން އޮސްޓްރޭލިއާ ޝޯރޓްކޯސް ޗެމްޕިއަންޝިޕްސްގައެވެ.

 

މި އިވެންޓުގައި ޢުލްޔާ މިރެކޯޑް އައުކޮށްފައިވަނީ 00:28.41 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

 

މި ރެކޯޑު މީގެކުރިން އޮތީ އަމްނާ ތަޒްކިޔާ މިރުޞާދު އަތުގައެވެ. އެއީ ތައިލެންޑުގައި 2024 ވަނަ އަހަރު ބޭއްވި އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައެވެ. ތަޒްކިޔާ އެފަހަރު މިރޭސް ނިންމާފައިވަނީ 00.28.55 އިންނެވެ.

 


  • ސްވިމިންގ އެސޯސިއޭޝަން
  • ކޮމެންޓް