ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފިއެވެ.
ބޭރުގެ ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާތައް އިހުނަށްވުރެ ވަރުގަދަކޮށްފައިމިވަނީ އިޒްރާއީލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަން ކުރާނެކަމަށް ބުނިތާ މާ ގިނައިރުތަކެއް ނުވެއެވެ. އަދި މި ހަމަލާތައް ބޮޑަށް އަމާޒުކޮށްފައިވަނީ ހޮސްޕިޓަލްތަކަށެވެ. ހާއްސަކޮށް ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަށެވެ.
މި ހަމަލާތަކުގައި ޣައްޒާގެ ޚަބަރުތައް ފަސްޖެހުމެއްނެރި މުޅި ދުނިޔެއަށް ގެނެސްދެމުންދިޔަ ނޫސްވެރިޔާ އަނަސް އަލް ޝަރީފްއާއި އިތުރު ހަތަރު ނޫސްވެރިން ވަނީ ޝަހީދުކޮށްލާފައެވެ.
ޔަހޫދީންގެ ފަހުގެ ހަަމަލާތައް ޣައްޒާގެ އިރުމަތީގައި އޮންނަ ސަބްރާއާއި ޒައިތޫންއާއި ޝަޖާއިޔާއަށް ވެސް މި ހަމަލާތައް އަމާޒުކޮށްފައިވާއިރު، މި ހަމަލާތައް ދިނުމުގައި ޓޭންކަރުތަކާއި މަތިންދާބޯޓުތައް ބޭނުންކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލު ނައްތާލުމަށް ޔަހޫދީންގެ ހަމަލާތައް ޣައްޒާއަށް އަމާޒުކުރަން މިފަހުން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ޔަހޫދީންގެ މި އުދުވާނުގައި 61،430 އަށްވުރެ ޣައްޒާ ރައްޔިތުން ޝަހީދުވެފައިވެއެވެ. އޭގެތެރޭގައުި ގިނައީ ކުށެއް ނެތް މައުސޫމް ތުއްތުކުދިންނާއި އަންހެނުންނެވެ.