ރާއްޖޭގެ ހުރިހާ ރަށެއްގައި ހޭންޑްބޯލް ކޯޓު އަޅަނީ

ހޭންޑް ބޯލް މުބާތއްގެ ތެރެއިން - ފޮޓޯ: ކުޑޭ

ރާއްޖޭގެ ހުރިހާ ރަށެއްގައި ހޭންޑްބޯލް ކޯޓު އަޅަން ނިންމާފައިވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ އއ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަތިވެރި ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

 

ރައީސް ވިދާޅުވީ މި މަސައްކަތް ކުރުމަށް އަންނައަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި މަތިވެރީގައި ހޭންޑްބޯލް ކޯޓު އެޅުމުގެ ޢަމަލީ މަސައްކަތް ވެސް ފައްޓަވާނެކަމަށް ވަނީ ވިދާޅުވެފައެެވެ.

 

މީގެއިތުރުން މަތިވެރީގައި އަޅާ ހޭންޑްބޯލް ކޯޓުގެ މަޝްރޫއު ވެސް ވަރަށް އަވަހަށް ކުންފުންޏަކާ ހަވާލުކުރައްވާނެ ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

 


  • އއ. އަތޮޅު
  • ހޭންޑް ބޯލް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް