ޚަބަރު ރާއްޖެ

ޔޫތް ވޮއިސެސް ކެމްޕެއިންގެ ދަށުން އިނާމު ހާސިލުކުރުމުގެ ފުރުސަތު!

"ޔޫތް ވޮއިސެސް" ގެ ނަމުގައި ތަފާތު އިނާމުތަކާއިއެކު ޒުވާނުންނަށް ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

 

މިއީ މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް ޕްރޮޖެކްޓް (މީރީ ޕްރޮޖެކްޓް)ގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

 

މި ކެމްޕެއިންގެ ދަށުން ވަނަ ހޯދާ ފަރާތްތަކަށް އިނާމުގެ ގޮތުގައި އީ-ރީޑަރ، ޓްރައިޕޮޑް އަދި އައިޕެޑް ހާސިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 16 އަހަރާއި 35 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

 

މީރީ ޕްރޮޖެކްޓްގެ މި ކެމްޕެއިންގައި ބައިވެރިވުމަށް 3 މިނެޓުގެ ވީޑިއޯއެއް ނުވަތަ 10 ގަނޑު ހިމެނޭ ސްލައިޑް ޑެކެއް ހުށަހަޅަންވާނެއެވެ. ހުށަހަޅާ ވީޑިއޯ ނުވަތަ ސްލައިޑް ޑެކްގައި، މަސައްކަތްކުރާ ނުވަތަ ތަމްރީނުވަމުންދާ ދާއިރާ، ދިމާވި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި މަސައްކަތްތައް ވެސް ހިމަނަންޖެހެއެވެ.

 

މީގެއިތުރުން ހާސިލުކުރި ތައުލީމާއި ތަމްރީނުގެ ސަބަބުން ލިބިފައިވާ ހުނަރާއި ގާބިލްކަމާއި އެދާއިރާ އިން ކުރިއަށްދިޔުމަށް ޝައުގުވެރިވާ ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖެއް ވެސް ހިމަނަން ޖެހެއެވެ.

 

ހުށަހަޅާ ވީޑިއޯ ނުވަތަ ސްލައިޑް ޑެކް އަދި ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑް ކޮޕީ "ޔޫތް ވޮއިސެސް ސަބްމިޝަން" ގެ ސަބްޖެކްޓް ލައިނާއެކު [email protected] އަށް އީ-މެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި އެޕްލިކޭޝަން ފުރިހަމަކުރުމަށް ހުރިހާ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކެއްގައި މީރީ ޕްރޮޖެކްޓަށް "ފޮލޯ" ކުރަންވާނެއެވެ.

 

"ޔޫތް ވޮއިސެސް" ކެމްޕެއިންގައި ބައިވެރިވުމުގެ ސުންގަޑި އަކީ 12 ސެޕްޓެމްބަރ ވާ ހުކުރު ދުވަހެވެ.

 


  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
  • ކޮމެންޓް