ޚަބަރު ރާއްޖެ

ރާއްޖޭގެ ޓިވެޓް ދާއިރާއަށް ބައި ގަރުނު ފުރުމުގެ ކައުންޓް ޑައުން އިފްތިތާހުކޮށްފި

މޯލްޑިވްސް ޕޮލިޓެކްނިކްގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އަމާޒުކޮށް "ކައުންޑްޑައުން ޓު ފިފްޓިއަތް  އެނިވަރސަރީ އޮފް ވޮކޭޝަނަލް ޓްރެއިނިންގ އިން ދަ މޯލްޑިވްސް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

 

މި ކައުންޓް ޑައުން އިފްތިތާހުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަޙްމަދުއެވެ.

 

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ޕޮލިޓެކްނިކްގެ އެހާރާއި މިހާރުގެ ވެރިންނާއި މުވައްޒަފުންނާއި އެ މުވައްސަސާ ހިންގުމަށްޓަކައި އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ހަނދާކޮށް ޝުކުރު އަދާކުރައްވާފައެވެ.

 

މީގެއިތުރުން މިފަދަ ކާމިޔާބީއެއް ފާހަގަކުރަމުންދާއިރު، އިތުރަށް ކުރަންހުރި މަސައްކަތްތައް ހުރިކަން ގަބޫލުކުރަން ޖެހޭކަމާއި، މި މުހިއްމު މަސައްކަތްތަށް ކުރިއަށްގެންދިޔުމަށްޓަކައި، ވަސީލަތްތައް ހަރުދަނާރުމާއި ވޮކޭޝަނަލް ތައުލީމަކީ ޒުވާނުން ޝައުގުވެރިވާ ދާއިރާއަކަށް ހެދުމަށް އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

 

މޯލްޑިވްސް ޕޮލިޓެކްނިކްގެ ތާރީހަށް ބަލައިލާއިރު، 1975 ވަނަ އަހަރުގެ 14 އޮކްޓޯބަރ ވަނަ ދުވަހު، ދިވެހިންގެ އިގުތިސާދަށް މުހިއްމު މަސައްކަތްތައް ދަސްކޮށްދިނުމަށް އަމާޒުކޮށް ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރ (ވީ.ޓީ.ސީ) ގެ ނަމުގައި ހާއްސަ މަރުކަޒެއް ވަނީ ގާއިމްކޮށްފައެވެ.

 

އެއަށްފަހު، 1996 ވަނަ އަހަރު މި މަރުކަޒުގެ ނަން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިޔުކޭޝަން (އެމް.އައި.ޓީ.އީ) އަށް ބަދަލުކުރިއެވެ. އަދި 1999 ވަނަ އަހަރު މި މަރުކަޒުގެ ނަން ފެކަލްޓީ އޮފް އިންޖީނިއަރިންގ ޓެކްނޮލޮޖީ (އެފް.އީ.ޓީ)އަށް ބަދަލުކޮށްފައިވާއިރު، 2010 ވަނަ އަހަރު މި މަރުކަޒުގެ ނަން ވަނީ ރަސްމީކޮށް "މޯލްޑިވްސް ޕޮލިޓެކްނިކް" އަށް ބަދަލުކޮށްފައެވެ.

 

 


  • ޕޮލީ ޓެކްނިކް
  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
  • ކޮމެންޓް