ޚަބަރު ބޭރުދުނިޔެ

ނޭޕާލް ޒުވާނުންގެ މުޒާހަރާގައި 19 މީހުން މަރުވެއްޖެ

ނޭޕާލުގެ ޒުވާނުން މިހާރުކުރަމުންދާ މުޒާހަރާގައި 19 ޒުވާނުން މިހާތަނަށް މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

 

އެގައުމުގައި މީސްމީޑިއާގެ މަންސަތައް ބޭނުންކުރުން މަނާކުރުމުން އެގައުމުގެ ޒުވާނުން ކުރަމުންދާ މި މުޒާހަރާގައި އެތައް ބަޔަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

 

ޖެންޒީ މުޒާހަރާގެ ނަމުގައި މި މުޒާހަރާ ކުރިއަށްގެންދާއިރު، ވެރިރަށް ކަތަމަންޑޫގައި ހުންނަ ގާނޫނު ހަދާ މަޖިލިސް ސަރަހައްދަށް އެތައް ހާސް މުޒާހަރާގެ ބައިވެރިން ވަނީ އެއްވެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ. އަދި މުޒާހަރާތައް ހުއްޓުވުމަށް ފުލުހުންނާއި ސިފައިން ގިނަ އަދަދަކަށް ދަނީ ހަރަކާތްތެރިވެ، ބާރުގެ ބޭނުން ކުރަމުންނެވެ.

 

ނޭޕާލުގައި މީސްމީޑިއާގެ 23 އަށްވުރެ ގިނަ މަންސަ ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އޭގެތެރޭގައި އެންމެގިނަބަޔަކު ބޭނުންކުރާ ފޭސްބުކް އާއި އެކްސް އަދި ޔޫޓިއުބް ވެސް ހިމެނެއެވެ. އެގައުމޔގެ ސަރުކާރުން މިކަންކޮށްފައިވަނީ އެ މަންސަތައް ބޭނުންކޮށްގެން ހިންގަމުން ގެންދާ ގާނޫނާ ހިލާފު ޢަމަލުތަކާއި ކުށްތަކުގެ ސަބަބުންކަމަށް ރިޕޯޓުތައް ބުނެއެވެ.

 


  • ނޭޕާލް
  • ކޮމެންޓް