ޚަބަރު ރާއްޖެ ކުޅިވަރު

ޒިއަމިން ލާމު މެރަތަން ދުވުމުގެ ފުރުސަތު މޭޔަރު އާޒިމް އަށް

ލ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ " ޒިއަމިން ލާމު މެރަތަން 2025" ގައި ބައިވެރިވުމުގެ ފުރުސަތު މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްއަށް ދެއްވައިފިއެވެ.

 

މި މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ދެއްވުމުން މޭޔަރ ވަނީ މި މެރަތަން އިންތިޒާމްކުރާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މެރަތަންގައި ދުވުމަށް ބޭނުންކުރާ ކިޓް ވަނީ މި މެރަތަން އިންތިޒާމް ކުރާފަރާތުން މޭޔަރަށް ހަދިޔާކޮށްފައެވެ.

 

މެނދުނުކެނޑި ބާއްވަމުން އަންނަތާ 4 އަހަރުވީ މި މެރަތަންގައި ބައިވެރިވެވޭނެ ރޭސް ކެޓަގަރީތަކުގެތެރޭގައި 3 ކިލޯ މީޓަރު، 5 ކިލޯ މީޓަރު، 10 ކިލޯ މީޓަރު، ހާފް މެރަތަން އަދި ފުލް މެރަތަން ހިމެނެއެވެ. މި ދުވުމުގައި އެ އަތޮޅުގެ ދުވުންތެރިންނާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ދުވުންތެރިންނާއި އަތޮޅުތަކުގެ ކައުންސިލަރުންނާއި ބައިނަލްއަގުވާމީ ދުވުންތެރިން ބައިވެރިވާނެއެވެ.

 

މި މެރަތަންގައި ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް ފިނިޝަރ މެޑަލެއްދޭއިރު، ކޮންމެ ރޭސް ކެޓަގަރީއެއްގެ އަންހެން އަދި ފިރިހެން 1 ވަނައަށް އަންނަ ދުވުންތެރިންނަށް ފައިސާގެ އިނާމު ލިބޭނެއެވެ. އަދި ކޮންމެ ރޭސް ކެޓަގަރީއެއްގެ ކޮންމެ ގްރޫޕަކުން 1 ވަނަ އަށް އަންނަ އަންހެން އަދި ފިރިހެން ދުވުންތެރިންނަށް ރަން މެޑަލް، 2 ވަނައަށް ރިހި މެޑަލް އަދި 3 ވަނައަށް ލޯ މެޑަލް ދޭނެއެވެ.

 

މި މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު 31 ވާ ހުކުރު ދުވަހުއެވެ. މެރަތަން ވިލެޖަކީަ އެ އަތޮޅު ގަމު މުކުރިމަގު ބަނދަރު ސަރަހައްދެވެ. އަދި މެރަތަންގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަނަށް މިހާރުވަނީ ހުޅުވާލާފައެވެ.

 

 


  • ހައްދުންމަތި
  • މެރަތަން
  • ކޮމެންޓް