ޚަބަރު ރާއްޖެ ވިޔަފާރި

އެސްޓީއޯގެ "އެންމެ ފިނި ހިޓާޗީ ޑީލް" ޕްރޮމޯޝަނުން އެއަރ ބްލޭޑް ސައިކަލެއް ހޯދުމުގެ ފުރުސަތު!

އެސްޓީއޯ އިން 'އެންމެ ފިނި ހިޓާޗީ ޑީލް' ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

 

އެ ކުންފުނިން ވިއްކާ ހިޓާޗީ ބްރޭންޑަށް ހާއްސަކޮށް ފެށި މި ޕްރޮމޯޝަންގައި އެސްޓީއޯ އިން ވިއްކާ ހިޓާޗީ އޭސީތަކުން 1000 ރުފިޔާ އަށްވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި މި ކޫޕަން ބޭނުންކޮށްގެން ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު، ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތަށް ޝީޝާ ހޮންޑާ ސްޕޯޓްސް އެޑިޝަންގެ އެއަރ ބްލޭޑް 125 އެއް ލިބޭނެއެވެ.

 

މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި 11 ސެޕްޓެމްބަރ އިން 11 އޮކްޓޯބަރ ގެ ނިޔަލަށެވެ.

 


  • އެސްޓީއޯ
  • ކޮމެންޓް