އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސްލޮވީނިޔާއަށް އެތެރެވުން މަނާކަމުގައި އެ ގައުމުން އަންގައިފިއެވެ.
އެގައުމުން މިފަދައިން ނިންމާފައިވާއިރު، މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް ޔަހޫދީ ދައުލަތުގެ ދެ މިނިސްޓަރަކު ވެސް އެ ގއުމަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
ފަލަސްޠީނުގެ ޣައްޒާއާ ދެކޮޅަށް ޔަހޫދީން ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން އެގައުމުން މި ނިންމުންތައް ނިންމަމުން އަންނައިރު، ފައިބެއަހަރުގެ ތެރޭގައި އެގައުމުން ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ވެސް ބަލައިގެންފައެވެ. އަދި ޔަހޫދީންނަށް ހަތިޔާރު ވިއްކުމާއި ފޯރުކޮށްދިނުން ވެސް ވަނީ މަނާކޮށްފައެވެ.
2023 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 65،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.