ޚަބަރު ރާއްޖެ ކުޅިވަރު

ދަ ޝޯރ ރަނިންގ ފެސްޓިވަލް ނޮވެމްބަރ ގައި ބާއްވަނީ

ދަ ޝޯރ ރަނިންގ ފެސްޓިވަލް ނޮވެމްބަރ ގައި ބާއްވަން ނިންމައިފިއެވެ.

 

'ވީ ރަން' އިން އިންތިޒާމުކުރާ މި ފެސްޓިވަލް ބޭއްވުމަށް ނިންމާފައިވަނީ ނޮވެމްބަރ މަހުގެ 28 ގައި  ހުޅުމާލޭ ބީޗުގައެވެ. މިއީ ހުރިހާ އުމުރުފުރާތަކަށް ވެސް ބައިވެރިވެވޭގޮތަށް ފަރުމާކޮށްފައިވާ ދުވުމުގެ ފެސްޓިވަލެކެވެ.

 

މި ދުވުމުގައި 10 ކިލޯމީޓަރުގެ ސަންރައިޒް ރޭސް ކެޓަގަރީއާއި ފަސް ކިލޯ މީޓަރުގެ ސަންސެޓް ރަން ކެޓަގަރީ އަދި 2 ކިލޯ މީޓަރުގެ ކިޑްސް ޑޭޝް ކެޓަގަރީ ހިމަނާފައިވާއިރު، 2 ކިލޯމީޓަރު ކިޑްސް ޑޭޝް ކެޓަގަރީގައި ވާދަކުރެވޭނީ ހަތަރު އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް އެކަންޏެވެ.

 

މި ދުވުމުގައި 250 ރުފިޔާ ދައްކައިގެން ބައުވެރިވެވޭއިރު، 10 ކިލޯ މީޓަރު ސަންރައިޒް ދުވުން ފަށާނީ ހެނދުނު 6 ޖަހާއިރުއެވެ. އަދި މި ދުވުން 1 ގަޑިއިރާއި 45 މިނެޓުގެ ތެރޭގައި ނިންމަންޖެހެއެވެ.

 

ހަވީރު 4:40 ގައި ފަށާ ފަސް ކިލޯ މީޓަރު ސަންސެޓް ދުވުން 55 މިނެޓުގެ ތެރޭގައި ނިންމަންޖެހޭއިރު، ދެ ކިލޯ މީޓަރު ކިޑްސް ޑޭޝް  ފަށާނީ ހަވީރު 4:45 ގައެވެ.

 

ދަ ޝޯރ ރަނިންގ ފެސްޓިވަލްއަކީ އާއިލާތަކަށް އައިސް ވަގުތު ހޭދަކޮށްލެވޭ ގޮތަށް އެކި ހަރަކާތްތަކާއެކު ބާއްވާ ހަރަކާތެކެވެ. އިންތިޒާމުކުރާ ފަރާތުން ބުނީ މި ދުވުން އޮންނަވަގުތު ތަފާތު އެކި ސްޓޯލްތައް ވެސް ހުންނާނެ ކަމަށެވެ.

 

ރާއްޖޭގައި ބީޗުގައި ބާއްވާ ފުރަތަމަ ފަހަރަށް ދުވުން ބާއްވާ ވީރަންގެ އަމާޒަކީ ރާއްޖޭގެ މޫދާއި ބީޗުގެ ރީތިކަން ދުވުމުން ދެއްކުމެވެ. 

 

ދަ ޝޯރ ގައި ބައިވެރިވުމަށް: https://werunmaldives.com/product/the-shore-running-festival/

 

 


  • ވީ ރަން
  • ކޮމެންޓް