2 days ago
ދުންފަތް އުފެއްދުމަށް ބޭނުންކުރާ ބާވަތްތައް އެތެރެކޮށްފިނަމަ އެ ބާވަތްތައް ހިފަހައްޓަން އަންގައިފިއެވެ.
މިގޮަތަށް އަންގާފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މި ފަހުން ގެނައި އިސްލާހާއެކު ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަކީ މަނާ ކަމެއް ކަމުގައިވާތީއެވެ.
މިކަމާއިގުޅިގެން ހެލްތު މިނިސްޓްރީން ކަސްޓަމްސްގެ ކޮމިޝަނަރ ފާތިމަތު ދިޔާނާ އަށް ފޮނުވި ކަމަށް ބުނާ ސިޓީއެއް މީސްމީޑިއާގައި މިހާރުދަނީ ދައުރުވަމުންނެވެ.
ރާއްޖޭގައި ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާ ކަމާއި ދުންފަތުގެ ބާވަތްތަކަކީ ކޮބައިކަން ބަޔާންކޮށްފައިވެއެވެ. އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާ ކަމެއް ކަމުގައިވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ، އެ ތަކެތި ހިފަހައްޓައި ނައްތާލުމަށް އެދޭކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.
ހެލްތު މިނިސްޓްރީން މި ސިޓީ ފޮނުވާފައިވަނީ ގާނޫނުގައި ދުންފަތް އުފެއްދުން މަނާކޮށްފައިވާތީ، ދުންފަތް އުފެއްދުމަށް ބޭނުންކުރާ އޮޅާ ސާމާނު ހިމެނޭތޯ ބެލުމަށް ކަސްޓަމުން މިނިސްޓްރީގައި ލަފަޔަކަށް އެދުމުން ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ސިޓީގެ ސައްހަކަން ހެލްތު މިނިސްޓްރީން ކަށަވަރުވާގޮތް ނުވީ، މިއީ އައު އަހަރުގެ ބަންދު ދުވަސްތައް ކަމުގައިވާތީއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާއިބެހޭ ގާނޫނަށް ސަރުކާރުން މިފަހުން ގެނައި އިސްލާހުގައި ރާއްޖޭގައި ދުންފަތުގެ ބާވަތްތަކުގެ ގަސް ހެއްދުމާއި ދުންފަތް އުފެއްދުން މަނާ ވާނެއެވެ. އަދި ދުންފަތް ގަސް ހެއްދުމަށް ބޭނުންކުރެވޭނެ ބައިތައް އެތެރެކުރުން ވެސް މަނާ ވާނެއެވެ.
ކަފަ
ވެއްަޓެންކާރިވީތި.. ބާރައްހިފަހައްޓާތި..
1 day ago