ޚަބަރު ރާއްޖެ

ރައީސްގެ 5 މިލިއަން ގަސް މަޝްރޫއުގައި ފޮނަދޫ ކައުންސިލުން 200 ގަސް

މިސަރުކާރުން އިފްތިތާހުކޮށްފައިވާ "ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު" ގެ ދަށުން، ލ. ފޮނަދޫ ކައުންސިލް ގުޅިގެން، ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

 

މި ހަރަކާތުގެ ތެރެއިން ފޮނަދޫގެ ތިމާވެށި ހެޔޮކޮށް، ރަށް ފެހިކުރުމަށް މަގުފަހިކުރުމުގެ ގޮތުން 200 ގަސް ވަނީ ފޮނަދޫ ކައުންސިލަށް ހަދިޔާކޮށްފައެވެ.

 

"ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު" ގެ ފަރާތުން ހަދިޔާކުރެވުނު 200 ގަސް ފޮނަދޫގެ އެކި ސަރަހައްދުތަކުގައި އިންދުމަށް ވަނީ ރާވާފައެވެ. މި ހަރަކާތަށް ފޮނަދޫ ކައުންސިލުން ވަނީ ފުރިހަމަ އެއްބާރުލުން ދީފައެވެ.

 

މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރަށުގެ ރީތިކަން އިތުރުވެ، ތިމާވެށީގެ ގޮތުން ރަށަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ފޮނަދޫ ކައުންސިލުން ފާހަގަކުރެއެވެ. މިފަދަ މަޝްރޫއުތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.

 

މިއީ ދިވެހިރާއްޖޭގެ ރަށްތަކާއި ރައްޔިތުން ދިރިއުޅޭ ސަރަހައްދުތައް ހިތްފަސޭހަ ތަންތަނަށް ހެދުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު އިތުރުކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.

 

 


  • ހައްދުންމަތި
  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް