21 hours ago
ރާއްޖޭގައި މިފަހުން އުފެދި، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ޢަމަލީ މަސައްކަތްތައް ކުރުމާއިދުރަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖެހިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަން މިގޮތަށް ނިންމަވާފައި މިވަނީ އެމްޑިީޕީ ދޫކޮށް، ޑިމޮކްރެޓްސް އާ ގުޅި، އަދި އެ ޕާޓީގެ އިސްސަފުގައި ތިއްބެވި ބައެއް ފަރާތްތައް އަނބުރާ އެމްޑީޕީ އާ ގުޅެމުންދާ ދަނޑިވަޅެއްގައެވެ.
އެކްސްގައި ރައިސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހަޔާތްޕުޅުގެ ބޮޑު ބައެއް ހޭދަކުރެއްވީ ރާއްޖޭގައި ގިނަ ޕާޓީތަކެއް އެކުލެވޭ ނިޒާމެއް ގާއިމް ކުރެއްވުމުގެ މަސައްކަތުގައި ކަމަށެވެ. އަދި ގައުމެއްގެ ތަރައްގީއަށް، ރައްޔިތެއްގެ ތަނަވަސް ކަމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތެއް އޮތުން ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން 2008 ވަނަ އަހަރުގެ އިންތިހާބަށް ފަހު ސަރުކާރުގެ އާމްދަނީ އިތުރުވެގެން ދިޔަ މިންވަރާއި އެ އާމްދަނީން ކުރި އުމްރާނީ މަސައްކަތާއި ރައްޔިތުންނަށް ހޯދައި ދެވުނު އިޖްތިމާއީ ރައްކާތެރިކަން ބުނެދެނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާ ހުރި މިންވަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅު ވާނެ މީހެއް ނޫން ކަމަށާއި އެމްޑީޕީއަކީ އެމަނިކުފާނުގެ ދަރިއެއް ފަދަ ޕާޓީއެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އަދި އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރައީސް ނަޝިދު ވަނީ ދަ ޑިމޮކްރެޓްސް އަކީ ހާއްސަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއްކަން ވެސް ފާހަގަކުރައްވާފައެވެ.
"މިއިން އެއްވެސް ޕާޓީއެއްގައި ޢަމަލީ މަސައްކަތް ކުރަން މިވަގުތު އަޅުގަނޑު ބޭނުމެއް ނޫން. އެކަމަކު ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރަށްދިއުމުގެ ވިސްނުމެއް ނެތް."
ދަ ޑިމޮކްރެޓްސްގެ ލީޑަރޝިޕްގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން އަލުން އެމްޑީޕީ އާ ގުޅިވަޑައިގެންނެވީ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އާއި ނައިބު ރައީސް ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި ހުސެއިން އަމްރު އަދި އެ ޕާޓީގެ ޕީޖީ ލީޑަރުކަން ކުރެއްވި ކުރީގެ މެންބަރު އަލީ އާޒިމް އެވެ.
ބަލާމީހާ
ތިހުރިހާކަމަކީ އެމް.ޑީ.ޕީ އާ ނަސީދާ އެއްބަސްވެ ޜޭވިގެން ހިނގާ ކަންތައްތައް ފަހަރުގަ އެބައި މީހުނަށް ހީވެދާނެ ދެންތިބީ ހުަސް މޮޔައިންނޭ
7 hours ago