އޭޑީކޭ ސިނަރޖީގެ ފުރަތަމަ ހޭންޑްބޯލް މުބާރާތް ފަށައިފި

13 hours ago

އަފްރާހް

އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގެ ޓީމުތަކަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ހޭންޑްބޯލް މުބާރާތް ފަށައިފިއެވެ.


ނެޝަނަލް ހޭންޑްބޯލް ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވެފައިވަނީ އަންހެން ފަސް ޓީމުންނެވެ. 


އޭޑީކޭ ސިނަރޖީ ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ހެނދުނު 7 ޖެހިއިރު އެޓެކްސިއާ އާއި ތަނޑަރބޯލްޓްސް ބައްދަލުކޮށް 0-4 ން މެޗު ކާމިޔާބުކުރީ އެޓެކްސިއާއެވެ. ދެވަނަ މެޗުގައި ފިސަރި އަދި ސީއާރްޑީ ބައްދަލުކުރިއިރު، 4 ލަމޑު 2 ލަނޑުން މި މެޗު ކާމިޔާބުކުރީ ފިސާރިއެވެ.


މި މުބާރާތުގައި މިހައިތަނަށް ކުޅުނު އެންމެފޯރިގަދަ މެޗަކީ ކްރެކަރސް އާއި ތަންޑަރބޯލްޓްސް ބައްދަލުކުރި މުބާރާތުގެ ތިންވަނަ މެޗެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށްފަހު ކުރިހޯދީ ކްރެކަރސް އެވެ. އެއީ 7 ލަނޑު 6 ލަނޑުންނެވެ.


މިއަދު ހެނދުނުގެ ދަންފަޅީގައި ދެން ކުޅުނު މެޗުތަކުގެ ތެރެއިން އެޓެކްސިއާ އާއި ފިސާރި ވާދަކޮށް 5 ލަނޑު 1 ލަނޑުން އެޓެކްސިއާ ކުރިހޯދިއިރު، މި ދަންފަޅޫގެ ފަހު މެޗު 0-7 ލަނޑުން ކާމިޔާބުކުރީ ކްރެކަރސް އެވެ. އެއީ ސީއާރްޑީ އާ ވާދަކޮށެވެ.


މި މުބާރާތުގައި މެންދުރުފަހުގެ ދަންފަޅީގެ ކުޅުން 2:30 ގައި ފަށާނީ ތަންޑަރބޯލްޓްސް އާއި ފިސާރި ގެ މެޗުންނެވެ. އަދި 3:10 ގައި އެޓެކްސިއާ އާއި ކްރެކަރސް ވާދަކުރާއިރު، 3:50 ގައި ސީއާރްޑި އާއި ތަންޑަރބޯލްޓްސް ބައްދަލުކުރާނެއެވެ.


މީގެއިތުރުން ފިސާރި އާއި ކްރެކަރސް ބައްދަލުކުރާ މެޗު 4:30 ގައި އޮންނައިރު، ގުރޫޕު ސްްޓޭޖުގެ ފަހުމެޗުގައި ހަވީރު 5:10 ގައި ވާދަކުރާނީ އެޓެކްސިއާ އާއި ސީއާރްޑީ އެވެ.


މިއީ އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގައި ހިމެނޭ ހުރިހައި ޑިޕާޓްމެންޓުތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދައި، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމަށް ބާއްވާ މުބާރާތެކެވެ. އަދި އެކި ޑިޕާޓްމެންޓުތަކުގައި ވަޒީފާ އަދާކުރާ އެންމެން އެއްތާކުން ބައްދަލުވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުގެ ފުރުސަތު ދިނުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގްސަދެކެވެ.


ކިޔުންތެރިންގެ ހިޔާލު