ދަރިވަރުންނަށް އަނިޔާކުރާ ފަރާތްތަކަށް ދެެވެން އޮންނަ އެންމެބޮޑު އަދަބެއްދީ: ޑަބްލިއުއޭއެމް

4 hours ago

އަފްރާހް

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އަނިޔާކުރާ ފަރާތްތަކަށް ދެެވެން އޮންނަ އެންމެބޮޑު އަދަބެއްދިނުމަށް ވީލް ޗެއަރ އެސޯސިއޭޝަނުން ގޮވާލައިފިއެވެ.


އެ އެސޯސިއޭޝަނުން މިފަދައިން ގޮވާލާފައި މިވަނީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށް ޓީޗަރަކު އަނިޔާކުރި މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.


ވީލް ޗެއަރ އެސޯސިއޭޝަންގެ ޗެއަރޕާރސަން އަހްމަދު ނަޖީބު ވިދާޅުވީ ނުކުޅެދުން ތރިކަން ހުންނަ ކުއްޖަކަން ޓީޗަރގެ ފަރާތުން ލިބުނު އަނިޔާ ވަރަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ ފަރާތްތަކަށް ދެވެން އޮންނަ އެންމެ ބޮޑް އަދަބެއްދީ، ވީހާވެސް އަވަހަކަށް މައްސަލަ ބަލައި ދިނުމަން ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ.


މީގެއިތުރުން މިމުޖުތަމައުގައި މަދުން ނަމަވެސް މިފަދަ ހިތާމަވެރި، ކެތްކުރަން ދަތި އުނދަގޫ މިފަދަ ޚަބަރުތައް ފެތުރިގެން ދަނީ އެފަދަ ފަރާތްތަކާއި ދޭތެރޭ ސަމާލުކަން ދެވޭލެއް ކުޑަކަމުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކޮންމެފަރާތަކީ ވެސް ހާއްސަ ހިމާޔަތާއި، ރައްކާތެރިކަން ދެވިފައިވާބަޔަށް ވީހިނދު، މިފަދަ އަނިޔާތައް ލިބިގެން މިދަނީ 8/2010ގެ ގާނޫނުން ލިބިފައިވާ ހައްގުތައް ކަށަވަރުވެފައިވާލެއްކުޑަކަމުން ތޯ ވަނީ ސުވާލުކުރައްވާފައެވެ.


ނަޖީބު ވިދާޅުވީ އެ ގާނޫނަށް 15 އަހަރު ވެގެން ދާއިރު، ގާނޫނުގައި ހުރި ބައެއްކަންކަން އަލުން އިސްލާހް ކުރަންޖެހޭ ކަމުގައެވެ.


ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެފައިވަނީ ޖަނަވަރީ 16 ވަނަ ދުވަހުއެވެ.


ފުލުހުން ވިދާޅުވީ މި މައްސަލަ އެ އިދާރާ އަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީން ކަަމަށެވެ. އަދި މިއީ މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑްގެ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް ސްކޫލްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލު ކަމަށް އައުމުން ފުލުހުންނަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.


އެހެެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އެއްވެސް އިދާރާއަކުން އަދިހާމައެއް ނުކުރެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު