ދިވެހީންގެ އިގްތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދަކީ ކަނޑުތަކުގައިވާ ރޯއްޖާއި ޚަޒާނާތައް

4 months ago

އަފްރާހް

ކަނޑުތަކުގައިވާ ރޯއްޖާއި ޚަޒާނާތަކަކީ ދިވެހީންގެ ތިޔާގި އިގްތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދު ކަމުގައު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކިުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާ، އެކަނޑުތަކުގެ ޤުދުރަތީ ނަލަކަމާ، އެކަނޑުތަކުގައިވާ ރޯއްޖާއި ޚަޒާނާތަކަކީ، ދިވެހީންގެ ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމުގައެވެ.


މިއަހަރުގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިޔަށްގެންދަމުންނެވެ.


އެގޮތުން ކުއިޒް މުބާރާތެއް ކުރިޔަށްގެންދިއުމާއި "ކަނޑުފަޅަށް ލޯ ހުޅުވަމާ"ގެ ނަމުގައި ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ސެޝަނެއް ކުރިޔަށްގެންދިއުން ހިމެނެއެވެ. އަދި ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވަރ ޑައިވް" ގެ ނަމުގައި ހަރަކާތަކާއި "އެންމެން މޫދަށް"ގެ ނަމުގައި މޫދަށް އެރުމުގެ ހަރަކާތެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަނީ ކުރިޔަށްގެންގޮސްފައެވެ.


މީގެއިތުރުން "ކަނޑުރޯދި އުފާ ފެސްޓިވަލް"ގެ ނަމުގައި ހުޅުމާލޭގައި ކުރިޔަށްގެންދާ ހަރަކާތަކާއި މި ނޫން ވެސް އެކިއެކި ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.


މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ތީމަކީ "ކަނޑުތަކާއި މޫސުމަށް ހެޔޮ ބަދަލުގެނައުމުގެ މަސައްކަތް ހަލުވިކުރުން" މިއެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު