ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މާލޭގެ ފަޅުތެރެ ސާފުކޮށްފި

6 months ago

އަފްރާހް

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މާލޭގެ ފަޅުތެރެ ސާފުކޮށްފިއެވެ.


މާލޭ ސިޓީ ކައުންސިލާއި ފިޝަރީޒް މިނިސްޓްރީ އަދި ވެމްކޯ ގުޅިގެން ސާފުކޮށްފައިވަނީ މާލެ ދެކުނުފަރާތުގެ ފަޅުތެރެއެވެ.


މިހަރަކާތުގައި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް، ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އަދި ވެމްކޯގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


މި ރަސްމިއްޔާތުގައި މިނިސްޓަރ އަހްމަދު ޝިޔާމް ވަނީ ރާއްޖޭގެ ކަނޑުފަޅުތައް ސާފުކޮށް ބެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ފަރުދީގޮތުން އެންމެން ގުޅިގެން މޫދަށް ކުނިއެޅުން ނިމުމަކަށް ގެނައުމަށް އިލްތިމާސް ކުރައްވާފައެވެ.


ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކރުުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު ހަރަކާތްތައް ވަނީ ބާއްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު