މެޑަމް ސާޖިދާގެ ދޮންބައްޕަފުޅު އަވަހާރަވެއްޖެ

6 months ago

އަފްރާހް

ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދޮންބައްޕާފުޅު އަވަހާރަވެއްޖެއެވެ.


ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮންއަލިބެ) އުމުރުން 78 އަހަރުގައި ވަހާރަވީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ.


ދޮން އަލިބެގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. މޫނު ދެއްކުން ވެސް ކުރިއަށް ގެންދާނީ މަރުކަޒުގައެވެ.


ރައީސް ޑރ. މުއިއްޒު ވަނީ މި ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު