ޓެކްނޮލޮޖީއާއެކު ޒަމާނާ ގުޅޭގޮތަށް ހިދުމަތްތައް ބައްޓަން ކުރުމަށް ނައިބު ރައީސް އެދިވަޑައިގެންފި

4 months ago

އަފްރާހް

ޓެކްނޮލޮޖީއާއެކު ޒަމާނާ ގުޅޭގޮތަށް ޚިދުމަތްތައް ބައްޓަން ކުރުމަށް ނައިބު ރައީސް އަލް އުސްތާޛު ހުސައިން މުހައްމދު ލަތީފް އެދިވަޑައިގެންފިއެވެ.


ހަތަރު ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ހިިދުމަތްދިނުމުގައި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކު ވެސް ހިނިތުންވުމާއި އޯގާތެރިކަން އިސްކުރެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.


މީގެއިތުރުން ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު ޒަމާނާ ގުޅޭގޮތަށް ހިދުމަތްތައް ބައްޓަން ކުރެއްވުމަށް އެދިވަޑައިގެން، އޭގެ ތެރޭގައި އޮންލައިންކޮށް ހިދުމަތްދިނުންފަދަ ކިޔޫގައި ޖެހެން ނުޖެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހައްލު ހޯދެންހުރި ކަންކަމަށް ހައްލު ހޯދުންފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރައްވާފައެވެ.


ސަރުކާރު ހިންގުމުގައި ސިވިލް ސަރވިސް އިން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި، ސިވިލް ސަރވިސްގެ އެހީތެރިކަމާ އެއްބާރުލުން ސަރުކާރަށް ބޭނުންވާކަމުގައި ވެސް ނައިބު ވިދާޅުވިއެވެ.


"ސްމާރޓް ގަވަރނަންސް ފޯރ ސިވިލް ސަރވިސް އެކްސެލެންސް" މި ތީމުގެ ދަށުން ފެށި ހަތަރު ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސްގައި ތިން ދާއިރާއަކުން 15 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން 250 އަށްވުރެ ގިނަ ބައިވެރިވެރިން މި ކޮންފަރެންސްގައި ބައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު