ސީޕްލޭނެއް ޖައްސަން އުޅުމުގެތެރޭގައި އެކްސިޑެންޓް ވެއްޖެ

4 months ago

އަފްރާހް

ސީޕްލޭނެއް ޖައްސަން އުޅުމުގެތެރޭގައި އެކްސިޑެންޓް ވެއްޖެއެވެ.


ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިދާޅުވީ ޓީއެމްއޭގެ ސީޕްލޭން އެކްސިޑެންޓުވީ ބ. އަތޮޅު ސީސައިޑް ފިނޮޅު ރިސޯޓުން އެ އަތޮޅު ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ކަނާތު ކަނދަށް ގެންލުންވުމުގެ ސަބަބުން ކަމަށެވެ.


މި ހާދިސާ ހިނގި ވަގުތު ބޯޓުގައި 11 ފަސިންޖަރުންނާއި ތިން ކްރޫން ތިބި ކަމަށާއި އެހެންނަމަވެސް އެއްވެސް ފަސިންޖަރަކަށް ވެސް އަދި ކްރޫއަކަށް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވިދާޅުވެއެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރުމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު