ދީމާގެ ކާމިޔާބީ އަށް ސައުދީ ސަފީރު ފާހަގަކުރައްވައިފި

4 months ago

އަފްރާހް

ރާއްޖޭގެ ޓީޓީ ތަރި، އަދި ރާއްޖެއިނން އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތްލީޓު ފާތިމަތު ދީމާ ޢަލީ އަށް ރާއްޖޭގައި ހުންނަވާ ސައޫދީ އަރަބިއާގެ ސަފީރު މަތުރަކް އަބްދުﷲ އަލްއަޖާލީން، މަރުހަބާ ވިދާޅުވެއްޖެއެވެ.


ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީގައި ޖޫން 9 ވަނަ ދުވަހު ބޑޭއްވި ހާއްސަ ބައްދަލުވުމުގައި ސަފީރު ވަނީ ރާއްޖޭގެ ޓީޓީ ކުރިއެރުވުމަށް، ސައުދީ އެމްބަސީން ދެވެން ހުރި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކިޔެވުން ހިމެނޭ ގޮތަށް ކުޅިވަރުގެ ދާއިރާ އިން ސައޫދީގައި ވެސް ސްކޮލަރޝިޕްގެ ފުރުސަތުތައް ހުރިކަން ފާހަގަ ކުރައްވައި، އެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.


މިއީ ދިވެހި ތާރީހުގައި ވެސް ދިވެއްސަކު އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.


އޮލިމްޕިކްސް ގޭމްސް އޮންނާނީ އަންނަ މެއި މަހުގެ 26 އިން އޮގަސްޓް 8 ވަނަ ދުވަހު ޕެރިހުގައެވެ.


ދީމާއާއެކު އޮލިމްޕިކްސް ގައި ރާއްޖޭން ތިން އެތުލީޓަކު ބައިވެރިވާނެއެވެ. އެއީ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުރައްޒާގައި އެތުލެޓިކްސްއިން އިބާދުﷲ އާދަމްއެވެ.


ކިޔުންތެރިންގެ ހިޔާލު