އިންޑިއާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ރައީސް ޑރ. މުއިއްޒު ފާހަގަކުރައްވައިފި

4 months ago

އަފްރާހް

އިންޑިއާއިން ޒަމާނުއްސުރެ ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.


އެމަނިކުފާނު މިކަން ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އަރިހަށް، އިންޑިއާގައި އެކު


އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި އެ ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އެއްގައުމުން އަނެއް ގައުމަށްދޭ އެއްބާރުލުމާއި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމްގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ރާއްޖެއާއި އިންޑިއާއިން ދެގައުމުގެ މެދުގައި މިއޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ދެބޭފުޅުން ވެސް ފާޅުކުރައްވާފައިވާއިރު، ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެގައުމުން ޒަމާނުއްސުރެ ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ހާއްސަގޮތެއްގައި ފާހަގަކުރެއްވިއެވެ.


ހަމަމިއާކު ބޮޑުވަޒީރާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތާއި، އިންޑިއާގެ ރައީސް ދެއްވެވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވިދާޅުވެފައެވެ.


އިންޑިއާގެ ބޮޑުވަޒީރާއި އައު ސަރުކާރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ދަޢުވަތު ޤަބޫލުކުރައްވާ، މި ރަސްމިއްޔާތުގައި ރައީސް އާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތުމުން އިންޑިއާގެ ޔޫނިއަން މިނިސްޓަރު ވަނީ، އެކަމަށް ވަރަށް ޝުކުރު އަދާކުރައްވައިފައެވެ.


ކުރިމަގުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެ ބޭފުޅުން ވަނީ ދެއްވާފައެވެ.


ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބޮޑުވަޒީރުކަމުގެ ނިމިދިޔަ ދައުރުގައި ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ހުންނެވީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒްގެ މަގާމުގައެވެ. 


ކިޔުންތެރިންގެ ހިޔާލު