މެއި މަހު ރާއްޖެއިން 600 އަށްވުރެ ގިނަ ޑެންގީ ކޭސް

4 months ago

އަފްރާހް

މިއަހަރުގެ މެއި މަހު ރާއްޖެއިން 600 އަށްވުރެ ގިނަ ޑެންގީ ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ ޑެންގީ ހުމުގެ 610 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.


އޭޕްރީލް މަހާއި އަޅައިބަލާއިރު މެއި މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރެވެފައިވާކަމަށް ރިޕޯޓުން ދައްކާގޮތުގައި މި އަހަރުގެ އޭޕްރީލް މަހާ އަޅައިބަލާއިރު މެއި މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި އަދަދު ވަނީ އިތުރުވެފައެވެ.


ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހު 21،720 މީހަކު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރިއިރު، މެއި މަހު 22739 މީހުން ރިޕޯޓުކޮށްފައިވެއެވެ. އަދި މި އަހަރުގެ މިހާތަނަށް އިންފުލުއެންޒާއަށް ޓެސްޓް ކުރެވުނު 1139 ސާމްޕަލްގެ ތެރެއިން 161 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.


ފައިބެއަހަރުގެ އޭޕްރީލް މަހު ވެސް ޑެންގީ އިތުރުވެފައިވާއިރު، ޑެންގީ ހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކޮށް، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު