ސަރުކާރުގެ ހުރިހައި ސްކޫލެއް އޭސީ ކުރަނީ

5 months ago

އަފްރާހް

ސަރުކާރުގެ ހުރިހައި ސްކޫލެއް އޭސީ ކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.


'ފޭސްބުކް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އޭސީ ހަރުކުރުމުގެ މަޝްރޫއުގެ ތެރެއިން ދެ އަހަރު ތެރޭގައި ހުރިހައި ސްކޫލެއް އޭސީކޮށް ނިންމައިލެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް މި ހިނގާ މޭ މަހުގެ ފަހު ހަފްތާގައި އިފްތިތާހު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެއުމަށް ގިނަ ޕްރޮޖެކްޓުތަކެއް ރޭވިފައިވާކަން ހާމަކުރައްވައި މިނިސްޓަރު ވަނީ ޓީޗަރުން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އަންނަކަން ހާމަކުރައްވާފައެވެ.


ހަމަމިއާއެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ ޢަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސްކޫލްތަކުގައި ޓީޗަރުން ހޭދަކުރާ ވަގުތު މަދު ކުރުމަށް އެކަށީގެންވާ ހާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު