ސަޢުދީގައި ކިޔަވާ ދިވެހި ދަރިވަރުން ރާއްޖޭގެ ހައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގަ

4 months ago

އަފްރާހް

ސަޢުދީގައި ކިޔަވާ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ހަމަޖައްސައިފިއެވެ.


މިއާއެކު މިއަހަރުގެ ޙައްޖުގެ ކަންކަމުގައި ރާއްޖޭގެ ޙައްޖު މިޝަންއާއެކު ދިވެހި ދަރިވަރުން ވެސް ޙައްޖުވެރިންގެ ހިދުމަތުގައި މަސައްކަތް ކުރައްވާނެއެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދަރިވަރުންނަށް މި ފުރުސަތު ދެއްވުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވަނީ ނިންމަވާފައެވެ.


މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ‏އިސްލާމިކް މިނިސްޓަރ ވަނީ ސައުދީގައި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1000 މީހުން ފުރާފައިވާއިރު، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ 1،000 ހައްޖު ކޯޓާ ސަރުކާރުން ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ. 


އެގޮތަށް ނިންމާފައިވަނީ ވަރަށް ގިނަ ޖަމާއަތްތަކުން މީހުން އަތުން ފައިސާނެގުމަށްފަހު ހައްޖަށް ނުދެވުމުގެ މައްސަލަތަކާއި ބިޑް އުސޫލުން ކޯޓާ ނެގުމަށްފަހު، ކޯޓާ ބޮޑު އަގުގައި ވިއްކާ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު