ބައިނަލްއަޤްވާމީ "ޑޭ އޮފް ޕްލޭ" ފާހަގަކުރުމަށް ފިޔަވަތީގައި ހާއްސަ ހަރަކާތްތަކެއް

4 months ago

އަފްރާހް

ބައިނަލްއަޤްވާމީ "ޑޭ އޮފް ޕްލޭ" ނުވަތަ ކުޅުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިވަވަތީގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.


މިއީ ޔުނިސެފް މޯލްޑިވްސް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ބޭއްވި ހަރަކާތްތަކެކެވެ.


ޖޫން 11 ވީ އަންގާރަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތްތަކަކީ ފައިބެއަހަރު އދ.ގެ އާންމު މަޖިލީހުން ކޮންމެ އަހަރަކު ޖޫން 11 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި "ޑޭ އޮފް ޕްލޭ" ފާހަގަކުރާ ދުވަސް ކަމަށް ފާސްކުރުމަށްފަހު، މި ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.


ކުޅިވަރުގެ މިފަދަ ހަރަކާތްތަކުގެ ތެރެއިން ކުދިންނަށް ދަސްވާ އިޖުތިމާއީ ހުނަރުތަކަކީ ދިރިއުޅުމުގައި އެކުދިން ބޭނުންކުރާނެ މުހިންމު ހުނަރުތަކެކެވެ.


އެހެން ކުދިންނާއި ގުޅިގެން އުޅުމާއި ދިމާވާ މައްސަލަތައް ހައްލުކުރަން ދަސްކުރުމާއި އެކުވެރިކަމާއި އެހީތެރިކަމުގެ މުހިންމުކަން ވެސް މިފަދަ ހަރަކާތްތަކުން ކުދިންނަށް ދަސްވެއެވެ.


ދެ ދަންފަޅިއަށް ކުރިއަށްގެންދެވުނު މި ސެޝަންތަކުގައި ފިޔަވަތީގައި ތިބި އެކި އުމުރުގެ ހުރިހައި ކުދިން ވަނީ ބައިވެރިވެ، ވަރަށް އުފާވެރި، މަޖާ ވަގުތުތަކެއް ހޭދަކޮށްފައެވެ.  


ކިޔުންތެރިންގެ ހިޔާލު