ޕޮއިސްޑް ޕްރޮޖެކްޓް ބ. އަތޮޅުގަ

4 months ago

އަފްރާހް

ޕްރިޕެއަރިންގްއައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބިލިޓީ އެނަރޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓް ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.


މިކަމާއިގުޅިގެން ފެނަކައިން ވިދާޅުވީ މިކަމަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ބްރާންޗެއްގެ ޓެކްނިކަލް މުވަޒަފުންނަށް ޕްރޮޖެކްޓްގެ ޓްރެއިންނިންގ ދިނުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.


ބ. އަތޮޅުގެ ރަށްތަކުގައި ޖުމުލަ 2.74 މވ ސޯލާ ޕީވީ އަދި 3.23 މވގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް އިންސްޓޯލް ކުރެވޭނެއެވެ.


"ޕޮއިސްޑް" ޕްރޮޖެކްޓް އަކީ އެނަވަޔަރްމެންޓް މިނިސްޓްރީ އާއި ފެނަކަ ގުޅިގެން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް ގެ އެހީގައި ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ.


2023 މާޗުން ފެށިގެން މި ޕްރޮޖެކްޓް ތ. އަތޮޅު ބުރުނީ ފިޔަވައި އެ އަތޮޅު ހުރިހައި ރަށެެއްގައި ކުރިއަށް ދާއިރު، ތ. ވޭމަންޑޫގައި މިދިޔަ މޭމަހު ވަނީ 250.6 ކވގެ ސޯލާ ޕީވީ ނިޒާމެއް ޕްރި-ކަމިޝަން ކޮށްފައެވެ. އަދި މީގެ ސަބަބުން އެރަށަށް ކޮންމެމަހަކު ބޭނުންވާ ހަކަތަ އުފެއްދުމަށް ބޭނުންވާ ޑީސަލުން އެވްރެޖްކޮށް 10،500 ލީޓަރު ސަލާމަތް ކުރެވޭނެއެވެ.


ޕޮއިސްޑް ޕްރޮޖެކްޓް ހދ އަތޮޅުގައި ވެސް މިވަގުތު ކުރިއަށް ދާއިރު، މި ޕްރޮޖެކްޓް ވަނީ ހއ. ށ. އަދި ނ އަތޮޅުގައި ކުރިއަށް ގެންގޮސްފައެވެ.


މި ޕްރޮޖެކްޓް ނިމުމުން ކަރަންޓު ދިނުމަށް ފެނަކައިން ތެލަށް ކުރާ ހަރަދުން ކޮންމެ އަހަރަކު 11 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. އަދި ހަކަތަ އުފެއްދުމުގެ ތެރެއިން ޖައްވަށް ބޭރުވާ ވިހަ ކަރބަންޑައިއޮކްސައިޑުގެ މިންވަރު ހަތަރު ޓަނު މަދުކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު