ފަލަސްތީނުގައި ހިނގަމުންދަނީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ކަމެއް: ރައީސް

4 months ago

އަފްރާހް

ފަލަސްތީނުގައި ހިނގަމުންދަނީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ކަމެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސް ޑރ. މުއިއްޒުގެ އެދިވަޑައިގަތުމަށް ކުރިއަށްގެންދާ މި ހަރަކާތް ފައްޓަވައިދެއްވާ ވަނީ މުސްލިމުންނަށް ދިމާވާ މިފަދަ ކަންކަމުގައި މުޅި އުއްމަތް ޝާމިލްވާންޖެހޭކަން ވެސް ފާހަގަކުރައްވާފައެވެ. އަދި ފަލަސްތީނުގެ މައްސަލައަކީ މުސްލިމުން ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ.


އެހެންކަމުން މިއަދު އެކަމަށް އެހީތެރިކަން ފޯރުކޮށްނުދީފިނަމަ، އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހުރިހައި ވިސްނުމަކާއި ހުރިހައި ފިކުރެއްގެ މީހުން ވެސް މި ޓެލެތޯންގައި ބައިވެރިވެ، ފަލަސްތީނަށް އެހީވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.


މިއަދު ހެނދުނު 8 ން ރޭގަނޑު 12 ޖަހަންދެން ކުރިއަށްދާއިރު، މާލެ ސަރަހައްދުގައި ފަންޑު ފޮށި ބަހައްޓާފައި ވެއެވެ. އަދި އޮންލައިންކޮށް ފައިސާ ހަދިޔާ ކުރުމަށް ދެ އެކައުންޓެއް ވަނީ ހަދާފައެވެ.


އެގޮތުން ދިވެހި ރުފިޔާ އިން ނަމަ 7730000655865 އަށް އަދި ޑޮލަރުންނަމަ 7730000655866 އަށް ފޮނުވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު