ލޯންޗެއްގައި ރޯވި އަލިފާން ނިއްވާލައިފި

4 months ago

އަފްރާހް

ލޯންޗެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ލިބުނީ ޖޫން 12 ވަނަ ދުވަހުގެ ރޭ ދަންވަރު 12:42 ގައި ކަމަށެވެ.


އެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.


އެ އިދާރާ އިން ވިދާޅުވީ އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން މާލެ ދެކުނުފަރާތު ބޭރުތޮށިކަައިރި ފަތާ ޓްރެކް ކައިރީގައި އޮތް ލޯންޗުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ ދަންވަރު 12:56 ގައި ކަމަށެވެ.


މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު