ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ފަހުމުނާމާއެއް

4 months ago

އަފްރާހް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި ކެއަރ ސޮސައިޓީ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.


އެ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ކެއަރ ސޮސައިޓީގެ ފަރާތުން، އެ ވުޒާރާގެ ދަފްތަރުގައި ވަޒީފާގެ ފުރުޞަތު ހޯދުމަށް އެދެ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ތަމްރީނުކުރާ ގޮތަށެވެ.


ދެމަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، މަސައްކަތަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދެވޭނެއެވެ. އަދި އެފަދަ ފަރާތްތައް ބާރުވެރިކުރުވައި، މަސައްކަތުގެ މާޙައުލަށް ނެރުމުގެ މައިގަނޑު އެއް މަގްސަދަކީ މިފަދަ ފަރާތްތަކުން އެހެން ފަރާތްތައް ހިތްވަރު ލިބިގަނެ، ކޮންމެ ފަރާތަކީ ވެސް މުޖުތަމައުގައި ބޭނުންތެރި ފަރާތަކަށް ހެދުމެވެ.


ކުރިއަށް އޮތް ތަނުގައިވެސް އެ ވުޒާރާއިން އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ވެސް މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ.  


ކިޔުންތެރިންގެ ހިޔާލު